English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ނޯރާ ފަތޭހީ އާއި ޖެކްލިން ފެނާންޑަސްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ކޮށްފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުން މި ދެތަރިންނަށް ކޮށްފައިވާ ތުހުމަތުތަކަކީ، މަނީ ލޯންޑްރިންގެ މައްސަލައިގައި ދިއްލީ ފުލުހުން ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދްރަޝެކަރް އަދި ލީނާ ޕައުލް އައި ގުޅިގެން މަނީ ލޯންޑްރިން ކޮށްފައިވާކަމުގެ ތުހުމަތުތަކެވެ.

އިންޑިއާގެ މުއްސަންޖެއްގެ އަންބެއްގެ އަތުން 200 ކަރޯޑް ރުފިޔާ ފޭރުނު މައްސަލައިގައި މި ދެތަރިންވެސް ބައިވެރިވެފައިވާކަމުގެ ތުހުމަތުތަކެއް ކުރެވިފައިވާއިރު މި ކަމާއި ގުޅިގެން ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

މި ތުހުމަތުތަކާއެކު މިދިޔަ އޮގަސްޓް މަހުވެސް ޖެކްލިން އާއި ސުވާލުކޮށްފައިވާއިރު އޭނާ ވަނީ މިކަމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައެވެ. އެހެންނަމަވެސް ފުލުހުން ހޯދިހޯދުންތަކުން ޖެކްލިން އާއި ޗަންދްރަޝެކަރްގެ މެސެޖުތަކެއް ފެނިފައިވާއިރު، މިހާރު އޭނާ އާއި ފުލުހުން ސުވާލުކުރަނީ، މި މެސެޖްތަކާއި ގުޅޭ ގޮތުންނެވެ