English Edition
Dhivehi Edition

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމުން ސާލަމަތްވި ނަމަވެސް އެ މަނިކުފާނަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިނިވަންވުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއްކަން ފާހަގަކުރައްވަމުން ބޮންޑެ ވިދާޅުވީ ސުޕްރީމް ކޯޓުން، މައްސަލަ ނިމުން ގޮތުން ރައީސް ޔާމީނަށް ރައީސެއްގެ ޒިންމާ އުފުލިފައި ނުވާކަން ސާފުކޮށް އެނގޭކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ މައްސަލަ އާއި ގުޅިގެން ބޮންޑެ ވިދާޅުވީ މި މައްސަލަ ފެށުނު ހިސާބުން،ފައިސާތައް ދައުރު ކޮށްފައިވާ ބޭންކްތަކާއި ޗެކުތައް ބަލާފައިނުވާ ކަމަށެވެ.އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ބާރުތަކެއް ދޫކޮށްލީ، ރައީސް ޔާމީނަށް ކަންކަން އެނގިވަޑައި ހުންނަވައިގެން ކަމަށް ބޮންޑެ ވަނި ތުހުމަތުކޮށްފައެވެ.

އިތުރަށް ބޮންޑެ ވިދާޅުވީ ރައީސް ޔާމީނުގެ އެކައުންޓުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާވެފައިވާއިރު، ރައްޔިތުން ދެން ރައީސް ޔާމީނަށް މައާފްކުރަނީ އެ ފައިސާ އަބުރާ ދައުލަތަށް ދެއްކުމުން ކަމަށެވެ.