English Edition
Dhivehi Edition

އިއްޔެ އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވާ މަހުމޫދު އަބޫބަކުރުގެ ހަށިގަނޑު އަނބުރާ ދަނގެއްޗަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ،

މަހްމޫދުގެ ހަށިގަނޑު މާލެ ގެނައީ ފުލުހުން ކޮންމެހެން ހަދަން ޖެހޭ ޓެސްޓުތަކެއް ހެދުމަށްޓަކައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އައިޖީއެމްއެޗްގައި ޓެސްޓްތަކެއް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ދަނގެއްޗަށް ގެންދިއުމަށް ސިފައިންގެ ސީއެމްބިއުލާންސެއްގައި، މިހާރު ވަނީ ފުރުވާލާފައެވެ.

ދަނގެތީގައި ހޮޓަލަކާއި ކާޑުގެ ބާވަތްތައް ވިއްކައި އަދި އޮޑިދޯނިފަހަރު ވެސް ގެންގުޅުނު، މަހުމޫދު ގެ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މަރާލުމަށްފަހު ފެންވަޅެއްގެ ތެރެއަށް ވައްޓާލާފައިވަނިކޮށެވެ. ރަށުގެ ކުދިބޮޑު އެންމެނާއިވެސް ގުޅޭ މަހުމޫދުގެ އަނިޔާވެރި މަރުގެ ފަހަތުގައިވަނީ އއ. ތޮއްޑޫން ދަނގެއްޗަށް ބަދަލުވި ދެ މީހަކު ކަމަށް ރަށު މީހުން ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް މަހުމޫދު މަރާލި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.