English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

އދ. ދަނގެތީގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މޮނަލާޒް، މަހުމޫދު އަބޫބަކުރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިއްޔެ މަހުމޫދުގެ އަންހެނުން މުއުމިނާ އަބޫބަކުރުއަށް ފޯނުން ގުޅުއްވައި ރައީސް ތައުޒިޔާ ވިދާޅުވެފައިވާއިރު، ރައީސް ވަނީ މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް އާއިލާއާއި ހިއްސާކުރެވޭ ވަރުވުމުން ކުރައްވާނެކަމަށް ވިދާޅުވެފައެވެ، އަދި އެއާއިލާ އަށް ލިބިފައިވާ ފުން ހިތާމައިގައި ބައިވެރިވާ ކަން ހާމަކުރައްވަމުން ރައީސް ވަނީ އެ ލާއިންސާނީ އަނިޔާވެރި މަރުގެ ފަހަތުގައި ތިބި ބަޔަކު ހޯދުމަށް ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަނިޔާވެރި ގޮތަކަށް މާރާލުމަށްފަހު ބޯކޮޅާއި ދެ ފައިގައި ގޯނި އައްސައި ބޯ ވަތަށް ވަޅަކަށް އެއްލާލާފައި އޮއްވާ މަހުމޫދުގެ ހަށިގަނޑު ފެނުނީ ބުރާސްފަތު ދުވަހުއެވެ. އެންމެ ފުރަތަމަ މަހުމޫދުގެ މަރުގެ ތުހުމަތު ތޮއްޑޫން އެ ރަށަށް އައިސްގެން އުޅޭ ދެ މީހަކަށް ކޮށްފައިވާއިރު، މި މަރުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް އޮތްކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ،

މަހުމޫދުގެ މަރުގެ ތުހުމަތުގައި އެ ރަށުގެ އުމުރުން ދުވަސްވީ މީހަކު ބަލަމުންދާ، ބިދޭސީ އަކު ހައްޔަރުކޮށްފައިވާއިރު، ފުލުހުން ވަނީ އެ މީހާ ދިރިއުޅެމުން ދިޔަ ގެ ބަލައި ފާސްކޮށްފައެވެ. އަދި މިހާރު ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މިކަމާއި ގުޅޭ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ/