‘ގައުމީ ޓީމާއެކު ފުވައްމުލައް ސިޓީ’ މި ނަމުގައި މިއަދު ހަވީރު ފުވައްމުލައް ސިޓީގައި ވެހިކަލް ބުރެއް ބޭއްވުމަށް ނިންމައިފިއެވެ.
މިއަދު ހަވީރު 16:00 އިން ފުވައްމުލައް ސިޓީގެ ބަނދަރު ސަރަހައްދުން ފެށިގެން ކުރިއަށް ގެންދާ މި ވެހިކަލް ބުރުގައި، ރަތް ކުލައިގެން ޖާޒީގައި ވިހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް މިކަން އިންތިޒާމުކުރާ ފަރާތުން ވަނީ އެދިފައެވެ
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗަށް މުޅި ރާއްޖެއިން އަންނަނީ ތައްޔާރުވަމުންނެވެ. ސާފް ޗެމްޕިއަންޝިޕުގެ ފައިނަލަށް ދަތުރުކުރުމަށްޓަކައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މި މެޗުން އިންޑިއާ ކޮންމެހެން މޮޅެއް ހޯދަންޖެހެއެވެ. ރާއްޖެއަށް މި މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.
ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 21:00 ގައެވެ.