English Edition
Dhivehi Edition

އީރާންގެ ފުރަތަމަ ރައީސް، އަބުލްހަސަން ބަނީސަދުރު އަވަހާރަވެއްޖެއެވެ.

އަބުލްހަސަން ބަނީސަދުރު އަވަހާރަވީ އުމުރުފުޅުން 88 އަހަރުފުޅުގައެވެ. އަބުލްހަސަން ބަނީސަދުރުގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެ މަނިކުފާނު އަވަހާރަވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހުގައި ކަމަށެވެ.

އަބްދުލްހަސަން ބަނީސަދުރަކީ އީރާނަށް 1979 ވަނަ އަހަރު ގެނެވުނު އިސްލާމީ އިންގިލާބުގައި އެ ގައުމުގެ ރަސްކަން އުވައިލުމަށް ފަހު އެކުލަވައިލެވުނު ވަޒީރުންގެ މަޖިލީހުގައި ފުރަތަމަ ޚާރިޖީ ވަޒީރެވެ. އަދި 1980 ވަނަ އަހަރު ރައީސްގެ މަގާމު އުފެދުމާއެކު އެމަގާމަށް އެންމެ ފުރަތަމަ ވަޑައިގެންނެވި އަބްދުލްހަސަން ބަނީސަދުރު މަގާމުން ވަކިކުރެވުނީ އޭގެ އެއް އަހަރު ފަހުން ޕާލަމެންޓުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ.

އަބްދުލްހަސަން ބަނީސަދުރު ވަނީ، އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނެއުމަށްފަހު ކުރެވުނު ތުހުމަތުތަކާއި ގުޅިގެން އިރާނުގައި ގިނަ ދުވަސްތަކެއް ވަންދެން ފިއްލަވައިގެން އުޅުއްވުމަށްފަހު ފްރާންސަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ،

ޓެގު