English Edition
Dhivehi Edition

ހައްދު ފަހަނަޅާފައިވާ އިޒްރޭލަށް ވައިގެ ސަރަހައްދު ހުޅުވައިދޭ ކޮންމެ ގައުމަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އިރަނުން ދީފިއެވެ.

އިރާނުން އޮޕަރޭޝަން “ހައްޤު ވައުދު”ގެ ނަމުގައި އިޒްރޭލާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަނުގައި އެންމެ ފުރަތަ 100 އަށް ވުރެ ގިނަ ޝަހެދް މަރުކާގެ ޑުރޯން އިޒްރޭލަށް ވަނީ ފޮނުވާފައެވެ.

އިރާނުން ފޮނުވާލި ބައެއް ޑްރޯންތައް އިޒްރޭލަށް ފޯރާފައިވާއިރު މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުގެ 5 ސަރަހައްދެއްގައި ވައިގެ ދިފާއީ ނިޒާމުގެ ސައިރެންތައް އަޅަމުން އަންނަކަމަށެވެ. އިޒްރޭލުގެ ވެރިރަށާއި އިތުރު ބައެއް ސިޓީތަކުން ބާރުގަދަ ގޮވުމުގެ އަޑުތައް އެވުމުން އަންނައިރު އިރާނުން ވަނީ މި އޮޕަރޭޝަނުގައި އިޒްރޭލުގެ އާންމުން ދިރިއުޅޭ ތަނަކަށް ހަމަލާ ނުދޭނެ ކަމަށް ބުނެފައެވެ.

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚުމައިނީ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އިޒްރޭލަކީ މަކަރުވެރި ޔަހޫދީންގެ ނަޖިސް ޖަމާއަތެއް ކަމަށާއި މިފަަހަރު އިޒްރޭލުން އެމީހުން އެހެން މީހުންނަށް ދޭ އަނިޔާގެ ރަހަ ދައްކާލާނެ ކަމަށެވެ.