English Edition
Dhivehi Edition
1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފޮޓޯ: ރައީސް އޮފީސް

ޤައުމީ ދުވަހަކީ ދިވެހިންގެ އަމިއްލަވަންތަކަމަށާއި އެއްބައިވަންތަކަމަށްވެސް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިން ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭ ކުރިއަށްދިޔަ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އިތުރުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ސަރުކާރުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ދައުލަތުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީދި ދިވެހި ޤައުމިއްޔަތަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އަމާނާތެއްކަމަށެވެ. އެހެންކަމުން ދިވެހި އެންމެހާ ރައްޔިތުން މި އަމާނާތަށް ވަފާތެރިވުމަށް އެމަނިކުފާނުވަނީ ބާރު އަޅުއްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ ދިވެހިރާއްޖެ އަށާއި ދިވެހިވަންތަކަމަށް، އަދި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ބައެއްގެ ގޮތުގައި، ދަރިން މުޖްތަމަޢަށް ނެރުމަށާއި، ދިވެހިވަންތަ ޝަޚުޞިއްޔަތެއްގެ ސިފަތައް، ކޮންމެ ދަރިއެއްގެ ކިބައިގައި ހަރުލައްވައިދިނުމަކީ ޤައުމީ ވާޖިބަކަށް ހެދުމަށް އެދިވަޑައިގެންފައެވެ، އަދި ޤައުމުގެ އަންނަން އޮތް ޖީލުގެ ހިތްތަކުގައި ޤައުމިއްޔަތުގެ ރޫޙު އުފައްދައި، ޤައުމީ ލޯބި ދިރުވައި އާލާކުރުމުގެ ޢަޒުމް ކަނޑައެޅުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ، މީގެ އިތުރުން ރައީސް ވަނީ އަޚުލާޤީ އެންމެ މަތީ މިންގަނޑުގައި ސާބިތުވެތި ބޭ ބައެއްގެ ގޮތުގައި، ދަރިން ތަރުބިއްޔަތުކުރުމަށް އެދިވަޑައިގެންފައެވެ،

1 ކޮމެންޓް
ލާމު
އޮކްޓޯބަރު 8, 2021
ތިޔަ އަމާނާތަށް ޚިޔާނާތްތެރިވެ އާގައުމިއްޔަތެއް ގެންނަން، ރިޔާސީ އިންތިޚާބުގެ ނެމްޕެސިންތެރޭގައި ވަޢުދުވި މީހާއަށް ފުރުސަތެއް މަނިކުފާނު ދެއްވައިގެން ނުވާނެ.