English Edition
Dhivehi Edition

2022 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، ގައުމީ ފަތުރުވެރިކަމުގެ ދުވަސްކަމުގައި ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިކަން މިގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައި ޓޫރިސްޓް ރިޒޯޓެއް ފުރަތަމަ ހުޅުވުނު ދުވަހަކީ، އޮކްޓޯބަރު މަހެއްގެ 3 ވަނަ ދުވަސްކަމަށްވާތީކަމަށެވެ. އަދި ޤައުމީ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް މިހާތަނަށް ވަކި ދުވަހެއް ކަނޑައަޅުއްވައިފައި ނުވާތީއާއި، ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީ ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވީ މި ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް ޓޫރިޒަމުން ކަމަށެވެ.