English Edition
Dhivehi Edition
އައްޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ / ފޮޓޯ: ޑަބްލިއުޑީސީ

އައްޑޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އާއި ވެލާނާ ހަޓް ގުޅިގެން، އައްޑޫ ސިޓީގައި ރިއަލިސްޓިކް ފްރޫޓް ޝޭޕްޑް ޑެޒާރޓް ކޯހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ކޯސް ކުރިއަށް ދާނީ 16 ސެޕްޓެމްބަރ 2026 އިން 19 ސެޕްޓެމްބަރ 2026 ގެ ނިޔަލަށެވެ. މި ކޯހުގައި 30 ބައިވެރިންނަށް ފުރުސަތު ހުޅުވިގެން ދާނެކަން ފާހަގަކޮށް ޑަބްލިއުޑީސީން ބުނީ ސިލެކްޝަން ޕްރޮސެސްގެ ދަށުން ކޮންމެ އަވަށަކުން 3 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ކޯހުގައި ބައިވެރިއަކަށް 1,500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު ކޯސް ކުރިއަށް ދާނީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. އެގޮތުން ސެޝަން 1: 16:00 އިން 18:00 އަށް ކުރިއަށް ދާއިރު ސެޝަން 2 ކުރިއަށްދާނީ 20:00 އިން 22:00 އަށެވެ،

May be an image of dessert and text

މި ކޯހުގައި ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ފަރާތުން، މޭވާގެ ސިފައަށް ތައްޔާރުކުރާ ތަފާތު ޑެޒާރޓްތައް ހަދާނެ ގޮތުގެ އަމަލީ ތަމްރީނާއި، ޒަމާނީ އުކުޅުތައް ދަސްކޮށްދެވޭނެއެވެ. އަދި ކޯސް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޑަބްލިއުޑީސީން ބުނީ ކޯހުގައި ބޭނުންކުރާ ހުރިހާ ތަކެތި ފޯރުކޮށް ދެވޭނެކަމަށާއި މީގެ އިތުރުން 5 ފްރުޓް މޯލްޑްގެ ކިޓެއް ކޮންމެ ބައިވެރިއަކަށް ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ރެޖިސްޓްރީވުމަށާއި އިތުރު މައުލޫމާތު ހޯދުމަށް، 06 ސެޕްޓެމްބަރ 2026 އާއި 10 ސެޕްޓެމްބަރ 2026 ގެ ކުރިން ކޮމިޓީގެ ވައިބަރ ނަންބަރު 9336787 އަށް މެސެޖު ކުރުމަށް އައްޑޫ ސިޓީ ޑަބްލިއުޑީސީން އެދެއެވެ.