English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ކ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން 6 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ރޭޕްކޮށްފައިވަނީ އޮސްޓްރެލިޔާގައި ކިޔަވަމުން ދިޔަ ޗައިނާގެ މީހެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ޑައިވް ގުރޫޕަކާއެކުގައެވެ. އެ އަންހެން މީހާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރީ ރިސޯޓުގައި އޭނާ ހުންނަ ކޮޓަރިއަށް ކަނޑައަޅާފައި ހުރި ބަޓްލަރެވެ.