English Edition
Dhivehi Edition
ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން ފޮޓޯ: ޕީއެސްއެމް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

އަހަރު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ ފިރިމީހާއާއި 2 ކުދިންނާއެކުގައެވެ.

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޮޑު ބެރުގެ ހަރަކާތާއެކު ވެލާނާ އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 3 ޤައުމަކީ ޗައިނާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.