ރާއްޖެއަށް މިހާރު ދުވާލަކު އެވްރެޖްކޮށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް 3 ޤައުމަކުން ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެއީ:
• ޗައިނާ: 122،088 ފަތުރުވެރިން
• ރަޝިއާ: 112،638 ފަތުރުވެރިން
• އިނގިރޭސިވިލާތް: 102،022 ފަތުރުވެރިން
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު 9.4 އިންސައްތަ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،016،377 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6313 ފަތުރުވެރިން އާދެއެވެ.