English Edition
Dhivehi Edition
ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އދ.ގެ ޢާންމު މަޖިލީހުގެ ރައީސް ކަމުގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުވެސް، ޢަބްދުﷲ ޝާހިދު ފުރުއްވަމުން ރާއްޖެއަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މިހާރުގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ ރައީސް އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ރާއްޖެ ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހުންނަވާ މަންޒަރު ފެންނަ ފޮޓޯއެއް ޓުވިޓާގައި ހިއްސާކުރައްވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ފޮރިން މިނިސްޓަރުގެ ފަހަތްޕުޅުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަކީ ސީރިއަސް “ހައިރާކީ” މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައީސް ސޯލިހްގެ ބާރުދަށްވާނެކަން ފާހަގަކުރައްވަމުން އާދަމް ޝަރީފްވަނީ އދ.ގައި ރާއްޖޭ ޕޮޒިޝަން ނަގަހައްޓަން ދަތިވާނެކަމަށް ވިދާޅުވެ ސުވާލު އުފައްދަވާފައެވެ،

އިތުރަށް އާދަމް ޝަރީފް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ޤާބިލް ޒުވާން ބޭފުޅަކު އައްޔަންކުރުމަށް ގޮވާލައްވާފައެވެ.