މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މަޝްރޫއުތަކުގެ ފައިނޭންސިންއާ ގުޅޭ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ކަރަޕްޝަނަށް މަގުފަހިވެދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި، ކޮންމެ މުވައްޒަފަކު ވެސް ނަޒާހަތްތެރިކަން އިސްކޮށްގެން މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި މިއަހަރަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު މުވައްޒަފުންނާ ހިއްސާކުރައްވާފައެވެ.