English Edition
Dhivehi Edition
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު - ފޮޓޯ: މަޖިލިސް

އަތޮޅު ކައުންސިލްގެ ރައީސަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެއް އިންތިހާބުވުމަކީ ،ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ލިބިވަޑައިގެންނެވި ކާމިޔާބީއެއްކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ލާމަރުކަޒީ ނިޒާމަށް އަމަލުކުރަން ފެށި ފަހުން ފުރަތަމަ ފަހަރަށް އަތޮޅު ކައުންސިލެއްގެ ރައީސަކަށް އަންހެނަކަށް އިންތިހާބުވެފައިވަނީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ފ. ނިލަންދޫ، ފޮނިލުނބޯގެ، ހައްވާ އަބްދުލް އަޒީޒްއެވެ. އިއްޔެ ބޭއްވި ބައި އިލެކްޝަނުގައި ހައްވަ ރައީސްގެ މަގާމު ކާމިޔާބު ކޮށްފައި ވަނީ 941 ވޯޓު ހޯދައިގެންނެވެ. އެ އިލެކްޝަންގައި ހައްވައާ ވާދަކުރީ، އެމްޑީޕީގެ ޓިކެޓުގައި ނިލަންދޫ، އަޒުމް، އިބްރާހިމް ހަލީލާއެވެ.

ފ. އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ހައްވަ އަށް ހޫނު މަރުހަބާއެއް ދަންނަވާ، އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރި ކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޓަޖިކް މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.