English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމަށް، ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން އެދި ހުށަހަޅައިފި އެވެ.

މި މައްސަލަ އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހެޅި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)އެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މެމްބަރެއްގެ ސިޓީއެއް މަޖިލީހަށް ލިބިފައިވާ ކަމަށާއި މެމްބަރުން ހުށަހަޅުއްވާ މައްސަލަތައް އޮންނަ އުސޫލުން ކުރިއަށްދާނެކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ހިނގި ޒުވާބަކަށް ފަހު, އަސްލަމަށް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި “މި ވީޑިއޯ ކޮށްބަލާށޭ” ނާޒިލު ވިދާޅުވެފައިވަނީ މަޖިލިސް އިދާރާތެރޭގައެވެ.

މިކަމާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން އަސްލަމް ބޭނުންވެ ވަޑައިނުގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ އެތެރޭގެ ތިންތިހާބުގައި މެންބަރު ނާޒިލް ވާދަކުރެއްވި ދާއިރާގެ ވޯޓު އަމިއްލައަށް ގުނާ ތަން ފެންނަ ވީޑިއޯ އެއް އާންމުވެފައިވާއިރު، އެ ވީޑިއޯ އަސްލަމް ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ނާޒިލު ވާދަކުރެއްވި ދާއިރާގެ ގޮނޑި، ކާމިޔާބުކުރެއްވީ އައްޑޫ މޭޔަރު އަލީ ނިޒާާރުގެ ކޮއްކޮ އަންސާރު މޫސާ އެވެ.

1 ކޮމެންޓް
ހަސަނުގ
ފެބުރުއަރީ 8, 2022
މިފެންވަރު. އެކަމު އެހެން މީހުން ދަން ނުޖެއްސިގެން މިއުޅެނީ.