English Edition
Dhivehi Edition
ނާޒިލު

ގާނޫނު އަސާސީއަށް އިސްލާހު ގެނައީ އެމްޑީޕީގެ އަޑު މަޖިލީހުގައި އިއްވުމަށް އެއްވެސް ފުުރުސަތެއް ނުދީކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިލް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައިރު، އެމްޑީޕީއަށް އެ ޕާޓީއިން ދައްކަން ބޭނުންވީ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދެއްކުމުގެ ފުރުސަތު ނުލިބުނުކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބައެއް ޕާޓީތައް ތަމްސީލު ކުރުމަށްޓަކައި އެންމެ މެންބަރަކުވެސް އެބަހުރިކަން ފާހަގަކޮށް ނާޒިލު ވިދާޅުވީ އެ ޕާޓީތަކަށް 10،000 މެންބަރުން ހަމަނުވެގެން ޕާޓީ އުވާލާ ހާލަތެއް އަތުވެއްޖެނަމަ ދެން އެ މެންބަރުގެ ގޮނޑިއަށް ވެގެންދާނެ ގޮޮތެއް ގާނޫނުގައި ނެތްކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ވާނީ މިކަންކަމަށް ހައްލު ހޯދައިގެންކަމަށް ނާޒިލު ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިލު ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައީ ވަރަށް އަވަސް އަރުވާލައިގެންކަމަށާއި އެ މަސައްކަތަށް 3 ގަނޑިއިރު ހޭދަ ނުކުރާކަމަށެވެ.