English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް - ފޮޓޯ: ލަވް، އޮނަރ އެންޑް ރެސްޕެކްޓް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައި ހުންނަ ފިޔަވަތީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފިޔަވަތީގައި ޖިންސީ ގޯނާކޮށްފައިވަނީ އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަ އިތުރުވަމުން އަންނައިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ޖިންސީ ގޯނާގެ 119 މައްސަލައެއް ހުށަހަޅާފައިވެއެވެ.