English Edition
Dhivehi Edition
ނިޒާރު އައްޑޫސިޓީގެ މިހާރުގެ މޭޔަރ ސޯބެ އާއެކު

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ މަޤާމަށް، އިއްޔެ އައްޔަންކުރެއްވި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުއްﷲ ސޯދިގް(ސޯބެ) މަސައްކަތްކުރައްވާނީ އައްޑޫ ސިޓީގައި ހުންނަވައިގެންކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

މިއީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު މާލެ އިން ބޭރުގައި ގާއިމްވެގެން މަސައްކަތް ކުރައްވާ ފުރަތަމަ ފަހަރެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިހާރުވެސް އައްޑޫ ސިޓީގައި ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގަމުންދާކަމަށެވެ. އަދި ގިނަ މަޝްރޫއުތަކެއް ފަށަން ތައްޔާރުވަމުންދާ އިރު ތަނުގައި ހިންގާ މަޝްރޫއުތަކަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ) އުފައްދައި އެ ތަނުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅަކަށް ސޯބެ ހަމަޖައްސާފައިވާކަމަށެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އަތޮޅުތެރޭގައި މިފަދަ ޔުނިޓްތައް ގާއިމު ކުރެވިގެންދާނެކަން ފާހަގަކުރައްވަމުން ރައީސް އޮފީހުން ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސައްކަތްތައް މޮނިޓަ ކުރެވޭ މީހުން މި ތަންތަނަށް އައްޔަންކުރެވިގެންދާނެކަމަށެވެ.

ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވުމުގެ ކުރިން ސޯބެ ވަނީ އައްޑޫ ސިޓީގެ މޭޔަރު ކަމުގެ ތިން ދައުރު ފުރިހަމަ ކުރައްވާފައެވެ.

 

1 ކޮމެންޓް
ޢަ
އޮކްޓޯބަރު 4, 2021
ޙަހަހަ ތިއޮތީ ބޮޑުތަނުން ލާނަރުކަޒު ވެފަ. ނިޒާރު މައްޗައް އަމުރު ކުރަން ލީ މީހެއް