English Edition
Dhivehi Edition
ވިއްސާރައިގައި ވާރޭވެހި ފެންބޮޑުވެފައިވާ ހިތަދޫގެ މަގެއް: ފޮޓޯ އޭއޯ ނިއުސް

އިރުއުތުރު އަރަބި ކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި އެހެންނަމަވެސް މި ތޫފާނުގެ އަދަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

‘ޝަހީން’ ގެ ނަމުން ނަން ދެވިފައިވާ މި ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މެޓުން ބުނެފައިވާއިރު ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާ ތެރޭގައި މުޅި ރާއްޖެއަށް ވަނީ ވަރަށް ވިއްސާރަކޮށްފައެވެ. މި ގޮތުން ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާއިރު، ބައެއް ރަށްރަށަށް އުދަވެސް ވަނީ އަރާފައެވެ.

މެޓު އޮފީހުން ލަފާކުރާ ގޮތުން މި އޮކްޓޯބަރު މަހު ވާރޭ ވެހޭ މިންވަރު މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ ކުޑަކޮށް މަދުވާނެއެވެ. ނަމަވެސް އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭ މިންވަރަށް ވާރޭވެހޭނެ ކަމަށް ބެލެވޭކަމަށް މެޓުން ބުނެފައިވާއިރު މި މިދުވަސްވަރު މެދުރާއްޖެތެރޭގެ ބައެއް ރަށްތަކާއި ދެކުނުގެ އަތޮޅުތަކުގެ ހޫނުމިން ތަންކޮޅެއް މަތި ވާނެއެވެ