English Edition
Dhivehi Edition
"މޫސުން" އެޕްލިކޭޝަން ތައާރަފުކުރުން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ “މޫސުން” ތައާރަފުކޮށްފިއެވެ.

މި އެޕްލިކޭޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މޫސުމީ ހާލަތު ވަގުތުން ވަގުތަށް ދެނެގަތުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ މަގްސަދުގައި ތައްޔާރުކޮށްފައިވާ އެޕެކެވެ. “މޫސުން” އެޕް މެދުވެރިކޮށް، ތިމާ ދިރިއުޅޭ ނުވަތަ ދަތުރުކުރަން ގަސްތުކުރާ ވަކިވަކި ރަށްރަށުގެ މޫސުން ލަފާކުރާ ގޮތާއި، ވަގުތުން ވަގުތަށް މޫސުމީ ބަދަލުތައް ދައްކުވައިދޭ ލައިވް ވެދަރ މެޕް ބަލައިލެވޭނެއެވެ.

މީގެއިތުރުން، މެޓް އޮފީހުން ރަސްމީކޮށް ނެރޭ އެލާޓްތަކާއި އިންޒާރުތައް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް އެއްތަނަކުން ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.

މި އެޕްލިކޭޝަން މިހާރު އެޕަލްގެ އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އެޕް ބޭނުންކުރުމަށްޓަކައި ސްޓޯރުތަކުގައި “Moosun” ޖަހައިގެން ސާޗް ކޮށްލުމުން ނުވަތަ ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ފަސޭހަކަމާއެކު ފޯނަށް އަޅައިލެވޭނެ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.