English Edition
Dhivehi Edition
މޫސުން ރަނގަޅު ދުވަހެއް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވީ ނަމަވެސް، މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެންދުރުފަހު 13:15 އިން ފެށިގެން ހަވީރު 18:00 އާ ހަމައަށް ކ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެއެވެ. މީގެ އިތުރުން މިއަދު ފަތިހު 05:30 އިން ހެނދުނު 11:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށްވެސް ވައިޓް އެލާޓް ނެރެފައިވެއެވެ.

ކުރިއަށް އޮތް ވަގުތުތަކުގެ ވައިގެ ދުވެއްޔަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މޫސުން އަދި މުޅިން ރަނގަޅުނުވާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.