English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫއިން ބަނގުރާކަމަށް ބެލެވޭ ފުޅިތަކެއް ހޯދައިފިއެވެ.

ހިތަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ހިތަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލް ގެ 11 ފުޅި ހޯދާފައިވާކަމަށެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.