English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީ ހިތަދޫގައި ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ވެލިފުންޏަކަށް އަރާ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ ރޭ 23:49 ހާއިރު މި އެކްސިޑެންޓު ހިނގީ އައްޑޫ ސިޓީ ހިތަދޫގައި ފެން ހިންދާ ނިޒާމް ގާއިމުކުރުމަށް މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެލިފުންޏަކަށް އަރައިގެން ކަމަށެވެ.

މި ހާދިސާގައި ސައިކަލު ދުއްވަން އިން 23 އަހަރުގެ ޒުވާނާއަށް އަނިޔާވެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭއީއެޗް އާއި ހަވާލާދީ ފުލުހުން ބުނީ އޭނާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ޓެގު