English Edition
Dhivehi Edition
ހިތަދޫ ގެއެއްގެ ފުރާޅު އެއްލާލުން / ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫގައި ދެ ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި، އައްޑުއަށް މިހާރު ކުރާ ވިއްސާރަގައި ގަދަ ވަޔާއެކު ފުރާޅު އެއްލާލީ، ހިތަދޫ ހުޅުދުއާގެ އާއި އޯކަމްލިވާ ގޭގެއެވެ.

އެހެންވެ، އެ ސަރަހައްދުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުމް ގޯސް ދުވަސްވަރަކަށްވާއިރު މެޓުން ބުނީ މއަދު ރާއްޖޭގެ އެކި ހިސާބު ތަކަށް ގުގުރުމާއި އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އެގޮތުން އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލަށް ވައިގަދަވާނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވަހިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލުގެ ބާރު މިނަށް ވައި ގަދަ ވާނެ ކަމަށެވެ.

ޓެގު