English Edition
Dhivehi Edition

ތިލަފުށި ކައިރިން ދިޔަވަން ފެށި “ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީ އިން ކަނޑުވި އެކަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މަރުވެފައިވަނީ އެ ސަފާރީން ދަތުރުކުރި، ދަތުރުވެރިކެވެ.

އެމްއެންޑީއެފް އިން ބުނީ “ހޭންޑީ ގްރޫޒާ” ނަމަކަށް ކިޔާ ސަފާރީއެއް ތިލަފުށީ ހުޅަނގު ދެކުނުން ހަތަރު މޭލު ބޭރުން ދިޔަވަމުން ދާތީ އެމްއެންޑީއެފް އަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 08:39 ހާއިރުކަމަށެވެ. މިރިޕޯޓާއި ގުޅިގެން ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުން ދާކަމަށް އެމްއެންޑީއެފް އިން އިން ބުނެފައިވާއިރު ސާފާރީއަށް ދިޔަވާން ފެށިއިރު އޭގައި ތިބީ 17 މީހުންނެވެ. އެއީ 11 ފަތުރުވެރިންނާއި ހަފަޅުވެރިންނެވެ.

ސަފާރީން ދަތުރުކުރި އެންމެން މިހާރު މާލެ ގެނެސްފައިވާއިރު އޭގެ ތެރެއިން 06 މީހަކަށް އައިޖީއެމްއެޗްގައި އަންނަނި ފަރުވާދެމުންނެވެ.

ޓެގު