English Edition
Dhivehi Edition
އައްޑޫސިޓީގެ ފޭދޫ ބަނދަރުގައި އޮތް ސަފާރީއެއް. ސަފާރީ ތަކުންނާއި ރިސޯޓު ތަކުން މީހުން އަރައި ފޭބުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައި

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާއި ޚިލާފަށް ސަފާރީއަކުން ހުޅުމާލެއަށް ފޭބި މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރޭ 6:15 ހާއިރު ހުޅުމާލެ ބަނދަރުގައި އޮތް ސަފާރީއެއްގައި މަސައްކަތްކުރާ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާ ހިލާފަށް ސަފާރީ އިން ހުޅުމާލެ އަށް ފައިބާ، ފުލުހުންނަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކޯޓަށް ގެންދިއުމުން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތު ދީފައިވާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ރިސޯޓްތަކުން މީހުން އުޅޭ ރަށްރަށަށް މީހުން އެރުއި ރަށްރަށުގައި ތިބި މުވައްޒަފުން އަނބުރާ ރިސޯޓަށް ދިޔުމުގެ ފުރުސަތު މިވަގުތު ބަންދުވެފައިވާ ދަނޑިވަޅެއްގައި، ރިސޯޓަށް އެރުން މަނާކޮށްފައި އޮއްވާ އަރައިގެން ހައްޔރުކުރި މުވައްޒަފަކަށް މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ. މީގެ އިތުރުން ރިސޯޓުން ފިލައިގެން ދިޔަ ދެ މީހުންގެ ބަންދު މުއްދަތަށް 15 ދުވަސް ޖަހައިފައިވާއިރު، އައްޑޫގެ މީދޫއާއި ދެމެދު ބްރިޖަކުން ގުޅާފައިވާ ހެރެތެރެ ރިސޯޓުން ދިވެއްސަކު ފަތާފައި މީދޫއަށް އެރި މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ.