English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ ޖާބިރު އަށް ހަމަލާދިން ކަމުގެ ތުހުމަތުތަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މެންބަރު ޖާބިރު، އއ. މަތިވެރިއަށް ވަޑައިގަތުމާއެކު އޭނާއަށް އެ ރަށުގެ ބަޔަކު ވަނީ ހަމަލާދީފައެވެ. އެ ހާދިސާއާ ގުޅިގެން އެ ރޭ ޖާބިރު ފުލުހުންގެ ހިމާޔަތަށް ގެންދިޔައެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޖާބިރު ވަނީ މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭކަމަށް ތުހުމަތުކޮށް އެއްވެސް ދިވެއްސަކު މަތިވެރިއަށް ދިއުމަކީ މިވަގުތަށް ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.