English Edition
Dhivehi Edition

ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރައްވަމުން ގެންދަވާ މަސައްކަތަށް ސެލިއުޓް ކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވީ ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގާ މަޖިލީހުގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައެވެ.

ޖާބިރު ވިދާޅުވީ އެވަރުގެ ބޭފުޅަކު ރާއްޖޭގެ ބަންޑާރަ ނައިބު ކަމަށް ލިބުނީ އަދިކިރިޔާ ކަމަށާއި ބަންޑާރަ ނައިބަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ބަންޑާރަ ނައިބު މަޖިލީހުގައި ދައްކަވާ ވާހަކަތައް ފުރިހަމަ އަށް ގަބޫލުކުރައްވާ ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގެ އެންމެ އިންޗިއެއް ވެސް ނުވިއްކާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށާއި ބަންޑާރަ ނައިބަށް ފުރިހަމަ ތާއީދު އެބައޮތް ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ 13 މެންބަރުން ސޮޔާއެކުގައި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ރާއްޖޭގެ ދެކުނުގެ މަސްކަނޑުން ބައެއް ގެއްލުނު މައްސަލަ ނުވަތަ ޗާގޯސް މައްސަލައިގައެވެ.

ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓަށް ނާހައި އިއްޔެގެ ޖަލްސާ ރިޔާސަތުން ނިންމަވާލެއްވީ “މަޖިލީހުގެ ނިޒާމު ގެއްލިފައި” ވާކަމަށް ބުނެއެވެ.