English Edition
Dhivehi Edition
މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާގައި ޑީއާރުޕީގެ ލީޑަރ، ޢަބްދުﷲ ޖާބިރު ވާހަކަދައްކަވަނީ - ފޮޓޯ: މަޖިލިސް

މިރޭ އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބަލައިތުމަށް ހުށަހަޅާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އެމްޑީޕީ އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުވެސް ހިނގަންޖެހޭނީ ގަވައިދުގެ ތެރެއިންކަމަށެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ މުދަލެއް ނޫންކަން ފާހަގަކުރަމުން ޖާބިރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއަށް އަލުން ބަލައިގަތުމަށް މިރޭ ހުށަހަޅާނެކަމަށެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ ފައްޔާޒްގެ ޗެއާޕާސަންކަމާއެކު އެމްޑީޕީއަށް ވަރަށް ބަދުނަސީބު ގޮތެއް މެދުވެރިވެފައި ވާ ކަމަށެވެ. މިއަދު އެމްޑީޕީ ފެއިލްވީ ދައުލަތުގެ ކުންފުނިތައް ބޭނުންކޮށްގެން ސިޔާސީ މަސައްކަތް ކުރުވުން ކަމުގައި ޖާބިރު ވިދާޅުވިއެވެ. އަދި އެމްޑީޕީ އިން ކުރީ ރިޔާސީ އިންތިހާބުގެ ކެމްޕޭނެއް ނޫންކަމަށާ ކުންފުނިތައް ބޭނުންކޮށްގެން ލާރި އެޅީކަމަށެވެ.

އިތުރަށް ޖާބިރު ވިދާޅުވީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވަރަށް ވަރުބަލި ވެފައިވާ ކަމަށާއި ހާއްސަކޮށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަރުބަލުވެފައިވާ ކަމަށެވެ. އެހެންކަމުން ފައްޔާޒް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށްވެސް ޖާބިރު ވަނީ ގޮވާލާފައެވެ.