English Edition
Dhivehi Edition
ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބުރާސްފަތި ދުވަހު މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކުރީ ދެ ދިވެހީންނެވެ.

އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން އެ މީހުން ބަންދުގައި ބައިތިއްބަން ކޯޓުންވަނީ އަމުރުކޮށްފައެވެ.

މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު 5:08 ހާއިރު ޒަރީރަށް ހަމަލާދިނީ “ހަބީބީ ކެފޭ އެންޑް ބިސްޓްރޯ” ނަމަކަށް ކިޔާ ކެފޭއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. އެ ހަމަލާ ޒަރީރަށް ދިނީ ކީއްވެގެންކަމެއް ސާފުނުވެއެވެ. އޭނާ ވިދާޅުވެފައިވަނީ ރެސްޓޯރެންޓުގައި އިންނަވަނިކޮށް ބަޔަކު އެތަނަށް ވަދެ އޭނާއަށް ޙަމަލާ ދިނީ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެ މައްސަލަ އެ އިދާރާއިން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.