English Edition
Dhivehi Edition
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެންއީއޯސީގެ ޕްރެސްއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ: އެންއީއޯސީ

ރައީސް ޔާމީން ވެރިކަމުން ދުރުކުރަން މަސައްކަތް ކުރެވުމަކީ ގޯހެއް ކަމަށާއި އެ މަނިކުފާނު ވެރިކަމުން ދުރުކުރުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރައްވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ޔޫކޭގެ ޖަލުން މިނިވަންވުމާއެކު މިރޭ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ.

މިރޭގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ މި ވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިތާމަ ކުރައްވާ ކަަމަށާއި އަދި ރަައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަަމަށެވެ. އިތުރަށް އަލީ ވަހީދު ވިދާޅުވީ ހިދުމަތްކުރެއްވީ އިހުލާސްތެރިކަމާއެކު ކަމަށާއި ބުރަ މަަސައްކަތުން ގެނެވުނީ “ބޭއިންސާފު” ޝަރީއަތެއް ކަމަށެވެ.

މި ސަރުކާރާއެކު ދެން ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނި މި ސަރުކާރުން ނާއިންސާފުން ކޮށްފައިވާ ވަރަށް ގިނަ ކަންތައްތައް ހާމަކުރައްވާފައެވެ. އަދި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަލީ ވަހީދު ވަނީ ވަގުތުން ވަގުތަށް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާފައެވެ.