އެމްޑީޕީގެ ވެރިކަމުގައި “ރައީސުލްޖުމްހޫރިއްޔާ” އެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ގާސިމް އިބްރާހީމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވަހީދު ވިދާޅުވީ މިއަދު މި ގައުމުގެ ވެރިކަމުގައި ހުންނެވީ އިންޑިއާގެ ޗީފް މިނިސްޓަރެއް ކަމަށާއި ސަރުކާރުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ނުފޫޒު ބޮޑުވެފައި އޮތް މިންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ރާއްޖެއިން ކަންތައް ކުރަމުން ދަނީ އިންޑިއާ އިން އަންގާ ގޮތަކަށް ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީގެ ގޮތުގައި ބުނާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ގައި މިހާރު “މޯލްޑިވިއަން” އަދި “ޑިމޮކްރެޓިކް” ގެ ނަން ވެސް ނެތް ކަމަށާއި މިއަދު އެ ޕާޓީ ވެފައި ވަނީ ދިފާއީ ވަޒީރުގެ “ޑާންސް ޕާޓީ” އަށް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ ރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފާއިތުވި 15 އަހަރުގެ ތެރޭގައި އެއްބަޔަކު ވެރިކަން ކުރަމުން އައުން ކަމަށާއި އެގޮތުން އެމްޑީޕީ އަށް ވެރިކަން ކުރުމަށް ދެ ދައުރު ލިބިފައިވާ ކަމަށާއި ޕީޕީއެމް އަށް ވެރިކަން ކުރަން އެއް ދައުރު ލިބިފައިވާ ކަމަށް އަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީއާއި ޕީޕީއެމްގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ ވާހަކަ ޖޭޕީން ދައްކާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދައްކަވާ އެއް ވާހަކައަކީ ވެސް އެއީއެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ އެމްޑީޕީ އާއި ޕީޕީއެމް އަށް ވެރިކަން ދެވިއްޖެ ކަމަށާއި ދެން އޭނާއަށް ވެރިކަން ދިނުން ކީއްތޯއެވެ. އެހެން ކަމުން އަންނަ ރިޔާސީ އިންތިހާބުގައި އޭނާ އަށް ވޯޓުލާން ގެންދަވަނީ ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުންނެ