English Edition
Dhivehi Edition

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، ވަކީލު ނާޒިމް އަބްދުއްސައްތާރު ރާއްޖޭގެ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވާކަން ހާމަވާ ފަދަ ހެކިތަކެއް، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ހާމަކުރައްވައިފިއެވެ.

ޝުޖާއު އުސްމާނު ކުރެއްވި ޓްވީޓެއްގައި، ބައެއް ލިޔެކިޔުންތަކާއެކު، ހިއްސާކުރައްވައިފައިވާ ފޮޓޯއަކުން ވަނީ ނާޒިމް ބައެއް މައްސަލަތަކުގެ އަދާހަމަ ހޯދަން މެސެޖުކޮށް އަދި ވަކި މައްސަލައެއް ވަކި ފަނޑިޔާރަކަށް ނުދިނުމަށް އެދި މެސެޖުކޮށްފައިވާކަން ހާމަވެފައެވެ.

ހައިކޯޓިގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއް ސައްތާރުކަމަށް ތުހުމަތުކުރައްވަމުން ޝުޖާއު އުސްމާނު ވިދާޅުވީ އޭނާ އަމުރުކުރަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށެވެ. އަދި ކޯޓުތަކުން އަމަލުކުރަނީ ވެސް އެ ފަދަ އެންގުންތަކާ އެއްގޮތަށް ކަމަށް އެ ޓުވިޓްގައި ވަނީ ތުހުމަތުކޮށްފައެވެ.