English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: ރާއްޖެ އެމްވީ

ޓިކްޓޮކްގައި ބަރަހާނާ ނުވާ ކަމަށާއި، ވީޑިއޯއިން ފެންނަނީ އެހެން މީހެއްކަމަށް ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމުކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ބުނެފިއެވެ،

މައުލޫމާތު ލިބިފައިވާ ގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި އަމިއްލަ އަށް ބަރަހަނާ ވޯޑިއޯ އާންމުކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު ނަބީލު (ޔާޔާ) އެވެ.

ޓިކްޓޮކްގައިވެސް އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލު ކްރިމިނަލް ކޯޓަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ބުނެފައި ވަނީ، ޓިކްޓޮކްގައި ބަރަހަނާވެ، އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައިވާއިރު މި ވީޑިއޯއަކީ ބަޔަކު އޭނާ ބޭޒާރުކޮށްލުމުގެ ނިޔަތުގައި، އޭނާގެ މޫނު ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯއެއް ކަމަށް ނަބީލު ވަނީ ބުނެފައި ވެއެވެ.

އަންހެންް ހެނދުން އަޅައިގެން އުޅޭކަމަށް ނަބީލު އެއްބަސްވެފައިވާއިރު އިތުރަށް އޭނާ ބުނީ ޓިކްޓޮކްގައި ތިން މިނުޓުގެ ވީޑިއޯއެއް ނުލެވޭނެ ކަމަށާއި، ޓިކްޓޮކަށް ލެވޭނީ އެއް މިނިޓުގެ ވީޑިއޯ ކަމަށެވެ.

މި އަޑުއަހުމުހައި ފުލުހުން ވިދާޅުވީ، ނަބީލު ލައިގެން ހުރި ހެދުން އޭނާގެ ކޮޓަރިން ފެނިފައިވާ ކަަމަށެވެ.

 

ޓެގު