English Edition
Dhivehi Edition

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ އާއްމުކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާކަމަށެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ. އަދި އެމާއްދާ ބުނާ ގޮތުން އެއީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މީގެ ފަސްވަރަކަށް ދުވަސްކުރިން ދިވެހި ފިރިހެނަކު ޓިކްޓޮކްގައި ބަރަހަނާވެފައިވާއިރު، އޭނާ ހައްޔަރުކުރުން ލަސްވުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަމާއި ބެހޭ މުވައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ދިވެހިންގެ ތެރޭގައި ގިނަ އަންހެނުންނާއި ފިރިހެނުންވެސް ޓިކްޓޮކްގެ ބޭނުން ނާޖައިޒު ގޮތުގައި ހިފާކަމަށް ގިނަ ބަޔަކު ބުނެފައިވާއިރު މިފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ.

ޓެގު