English Edition
Dhivehi Edition

ޓިކްޓޮކަށް ލާ ކޮންޓެންޓްތަކުގެ ތެރެއިން މިންގަނޑަށް ނުފެތޭ އެއްޗެހި އަމިއްލައަށް ޑިލީޓްވާ ގޮތް، ވަރަށް އަވަހަށް ހަދާނެކަމަށް މި އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސުން ބުނެފިއެވެ.

ބައިޓްޑާންސުން ބުނީ މިއީ ޓިކްޓޮކްގެ ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ގެންނަ ބަދަލެއް ކަމަށެވެ.

އަލަށް ގެންނަން ނިންމި ބަދަލާ އެކު އަޕްލޯޑްކުރާ ކޮންޓެންޓް ރިވިއުކުރުން އަވަސްވެ، މިންގަނޑަށް ނުފެތޭ ކޮންޓެންޓް އަވަސްކަމާއެކު ބޭރުކޮށްލާނެ އެވެ.

މީގެ އިތުރުން މިފަދަ ކޮންޓެންޓް އަޕްލޯޑްކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރު އިންޒާރު ދިނުމަށްފަހު އެ އެކަން ތަކުރާރުކޮށްފި ނަމަ ނޮޓިފިކޭޝަނަކުން އަންގާނެއެވެ. އަދި އުސޫލުތަކަށް އަމަލުނުކުރާ ނަމަ އެކައުންޓް ދާއިމަށް ޑިލީޓްކޮށްލާނެ ކަމަށްވެސް ބައިޓްޑަންސުންވަނީ ބުނެފައެވެ.

ޓިކްޓޮކްގެ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ޓިކްޓޮކަށް އަޕްލޯޑްކުރާ ކޮންޓެންޓްތައް ރިވިއުކުރަނީ އެކަމަށް ހާއްސަ ސޭފްޓީ ޓީމަކުންނެވެ.

ޓެގު