English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން ތައްޔާރުކުރި ލަވަ “ނަލަ ނަލަ ރާއްޖެ” ވީޑިއޯ ލަވައަށް ޓިކްޓޮކް ހަދައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޗެލެންޖެއް ޓުއަރިޒަމް މިނިސްޓްރީން ތާރަފްކޮށްފިއެވެ.

ވެހިންނާއި ބިދޭސީންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 10 ވަނަ ދުވަހާއި ހަމައަށްވަނީ ހުޅުވާލާފައެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ދިވެހިންނަށް ހާއްސަ ކެޓަގަރީގައި 10،000 ފޮލޯވަރސް އިން މަތި އަދި 10،000 ފޮލޯވަރސްއިން ދަށުން އެއްވަނަ އަށް އަންނަ ކޮންމެ ފަރާތަކަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދެވަނައަށް އަންނަ ފަރާތްތަކަށް 15000 ރުފިޔާ އަދި ތިންވަނައަށް އަންނަ ފަރާތްތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމްވަނީ ހުށަހަޅާފައެވެ.

ބިދޭސީންގެ ކެޓަގަރީގައި އެއް މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އަދި އެއް މިލިއަން ފޮލޯވަރސްއިން ދަށުން އެއް ވަނައަށް އަންނަ ކޮންމެ ފަރާތަކަށް 8 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް 2 މީހަކަށް ދިނުމަށްވަނީ ހަމަޖެހިފައެވެ.އަދި ދެވަނައަށް އަންނަ ފަރާތްތަކަށް 5 ދުވަހުގެ ހޮލިޑޭ ޕެކޭޖެއް 2 މީހަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ވީޑިއޯ ހުށަހަޅާއިރު، ނަލަ ނަލަ ރާއްޖެ ލަވައަށް ލިޕް ސިންކް ހެދުމަށްފަހު 60 ސިކުންތުގެ ވީޑިއޯ ހުށަހަޅަންޖެހެއެވެ. ކޮންމެ އެކައުންޓަކުންވެސް ތިން ވީޑިއޯ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާއިރު، މި މުބާރާތުގައި ކޮންމެ އުމުރުފުރައެއްގެ، މީހަކަށްވެސް ބައިވެރިވެވޭނެއެވެ.