ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް އަންނަ ނޮވެމްބަރު މަހުން ފެށިގެން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އޭސް އެވިއޭޝަންއިން ހާމަކޮށްފިއެވެ.
SriLankan Airlines opened the flights to Gan again from 2 NOV 2021. Connection are available most middle eastern countries @UL4zie @AdduCityCouncil @Mausoom_Maus @ganairport @ayadamaldives
— Mohamed Firaq (@mohamedfiraq) September 12, 2021
އެއާލައިންސްގެ ރާއްޖޭގެ އޮޕަރޭޓަރު އޭސް އޭވިއޭޝަން މޯލްޑިވްސްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ އަންނަ ނޮވެމްބަރު މަހު ދެވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްގެ ޝެޑިއުލް ދަތުރުތައް ގަމަށް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަމުން ފުރާ ފަރާތްތަކަށް ލަންކާ މަގުން މެދު އިރުމަތީގެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭނެކަމަށްވެސް ފިރާޤް ވަނީ ވިދާޅުވެފައެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް، ސްރީ ލަންކަން އެއާލައިންސް އިން ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ބޯޑަރު ހުޅުވާލުމަށް ފަހުގައި ވެސް ސްރީލަންކަންގެ ދަތުރުތައް އަލުން ފެށިފައިނުވާއިރު އޭރު ފިރާޤް ވިދާޅުވީ ދަތުރުތައް ނުފެށުނު ސަބަބަކީ އެކަށީގެން ވާ ވަރަށް ފަސިންޖަރުން ނުލިބުމާއި އެކު ފާއިތުވި ތިން އަހަރުގެ ތަޖުރިބާ އާއި ލިބުނު ގެލުމުގެ ސަބަބުން ކަމަށެވެ.