English Edition
Dhivehi Edition

މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ، އެހެން ގައުމު ތަކުން ސްރީލަންކާ އަށް ދަތުރުކުރާ މީހުން ޕީސީއާރު ޓެސްޓާ ނުލައި ލަންކާއަށް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ޕީސީއާރު ޓެސްޓް ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓާއި ނުލައި އެ ގައުމަށް ދަތުރުކުރެވޭނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސްއެލް) އިން މި ގޮތަށް ނިންމައި އެކަން މިއަދު އެކަން އިއުލާން ކޮށްފައިވާއިރު ގައުމުގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސުން ވެސް އެ އެއާލައިންގައި ދަތުރުކުރާ މީހުންގެ ސަމާލު ކަމަށް މިކަން ގެނެސްފައެވެ.

ސްރީލަންކާ އަކީ ގިނަ ދިވެހިން ދަތުރުކުރާ އެއް ގައުމަށް ވާއިރު ސްރީ ލަންކަން އެއާލައިންސަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ އެއާލައިނެކެވެ.

މިކަމާ ގުޅިގެން އެ ގައުމުގެ ގައުމީ އެއާލައިން، ސްރީ ލަންކަން އެއާލައިންސުން ވެސް އެ އެއާލައިންގައި ދަތުރުކުރާ މީހުންގެ ސަމާލު ކަމަށް އެކަން ގެނެސްފައިވެ އެވެ. ލަންކާ އަކީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ދިވެހިން އެންމެ ގިނައިން އެކި ބޭނުންތަކަށް ދަތުރުކުރާ އެއް ގައުމެވެ.

ސްރީ ލަންކަން އެއާލައިންސަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ބާއްވާ އެއާލައިނެކެވެ.