English Edition
Dhivehi Edition

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ކާފިއު ހިންގާ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 28ވަނަ ދުވަހު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކާފިއު ހިންގަން ނިންމާފައިވަނީ އެ ސިޓީއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެންނެވެ. އަދި އެ މުއްދަތު މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަކަށް އިތުރު ކުރުމުން، އައްޑޫ ސިޓީ ކައުންސިލުން ވަނީ ކާފިއު ހިންގާ ދުވަސްތައްވެސް އިތުރު ކުރަން ނިންމާފައެވެ.
މި ގޮތުން މިއަދުން ފެށިގެން ހަތް ދުވަހަށް ކޮންމެ ރެއެއްގެ 21:00އިން ފެށިގެން ފަތިހު 4:00ގެ ނިޔަލަށް ބޭރަށް ނުކުތުން މަނާކޮށްފައިވާއިރު ކޮންމެހެން ބޭރަށް ނުކުންނަން ޖެހޭ ނަމަ އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު (އީއޯސީ)ގެ ހުއްދަ ހޯދުމަށް ވަނީ އެދިފައިއެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ކެފޭ ރެސްޓޯރެންޓު ފަދަ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ރޭގަނޑު 21:00 ނިޔަލަށް ކަމަށާއި އެފަދަ ތަންތަނުން އީއޯސީގެ ހުއްދައާ އެކު 00:00 އާއި ހަމަޔަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށް ނިންމާފައެވެ. އަދި މިހާރެކޭވެސް އެ ގޮތަށް އެއްވުންތަކާ ޕާޓީތައް ބޭއްވުން މަނާކޮށް، ގްރޭޑް ނުވައަކުން މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ފިޔަވާ އެހެން ދަރިވަރުންނަށް ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމާފައެވެ.

1 ކޮމެންޓް
Curfew
ސެޕްޓެމްބަރު 13, 2021
Check the curfew time to morning 08:00am to 4:00am