English Edition
Dhivehi Edition

ސްޕްރީމް ކޯޓު ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން މުޒަހަރާކުރަން ފަށައިފިއެވެ.

މި ހަރަކާތުގެ އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުން އަންނައިރު މުޒާހަރާގެ ބައިވެރިން އަންނަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. މުޒަހަރާގެ ބައިވެރިން ރައީސް ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވަމުން އަންނައިރު އިދިކޮޅު ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ މި ހަރަކާތް ކުރިއަށްދަނީ ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތް ސްޕްރީމް ކޯޓުގައި މިއަދު ކުރިއަށްދާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް, އެ މަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ދާއިރު އެ މަނިކުފާނުގެ ފަރާތްޕުޅުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ