English Edition
Dhivehi Edition
ޕީއެންއެފް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެނީ. - ފޮޓޯ: އިލެކްޝަންސް ކޮމިޝަން (އެކްސް)

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އުފައްދަވާ އާ ސިޔާސީ ޕާޓީ ކަމަށްވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

ރައީސް ޔާމީނަކީ ގައިދީއެއް ކަމުގައިވުމުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެމަނިކުފާނަށް ނެތެވެ. އެހެންކަމުން ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައިވަނީ އެމަނިކުފާނުގެ ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީނެވެ.

ޔާމީންގެ ފަރާތުން އެ ޕާޓީގެ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދާއި ކުރީގެ މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލެވެ. ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށްވާއިރު، އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ.