English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: މިހާރު

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށް, އެ މަނިކުފާނު ކަފާލާތުގެ ދަށުން ދޫކޮށްލަން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ޔާމީންގެ ފަރާތްޕުޅުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ 22 އިސްތިއުނާފީ ނުކުތާއެއްގެ މައްޗަށެވެ. މި ނުކުތާތަކާއެކު ޔާމީންގެ ފަރާތްޕުޅުން ވަނީ އެމަނިކުފާނަށް އިއްވާފައިވާ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށާއި ކަފާލާތުގެ ދަށުން ދޫކޮށްލަން ހުށަހަޅުއްވައިފައެވެ.

ސުޕްރީމް ކޯޓުގައި ޔާމީންގެ ޝަރީއަތުގެ އިސްތިއުނާފް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ރައީސް ޔާމީން ގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފައިވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފައެވެ.

1 ކޮމެންޓް
ކަތްދާ
ސެޕްޓެމްބަރު 12, 2021
ނުކުރެވޭނެ. ރަތްލާޖެހި ބޮޑުވަގެއް