English Edition
Dhivehi Edition

މޭނުން ހުރުމަކީ ބަޔަކަށް ފެންނަހާ އެއްޗެއް ކިޔައި، ބޭނުންހާ އެއްޗެއް މީޑިއާތަކުގައި ފަތުރަން ޖެހޭ ސަބަބެއް ނޫންކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ބުނެފިއެވެ.

ޝިލްޕާ މިހެން ބުނެފައިވަނީ ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައިގެ ތުހުމަތުގައި ޖަލުގައި އޮތް ރާޖް ކުންދުރާ ކައިރިން އޭނާ ވަރިވާން އުޅޭ ކަމަށް ބުނެ މީޑިއާތަކުން ފަތުރާފައިވާ ހަބަރުތަކާއި ގުޅިގެންނެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ ފިރިމީހާ ރާޖް މައްސަލައެއްގައި ތާށިވުމަކީ އެ ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެންވީ ސަބަބެއް ނޫންކަަމަށެވެ. އަދި އޭނާ އާއި ރާއްޖ ވަކިވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަން ފާހަގަކޮށް ޝިލްޕާ ބުނީ އޭނާ ރާޖްދެކެ ވަރަށް ލޯބިވާކަމަށެވެ. ރާޖްގެ މައްސަލަ އާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ގިނަ ދުވަހު ޖަވާބު ނުދީ ހުރެވިއްޖެކަން ފާހަގަކުރަމުން ޝިލްޕާ ބުނީ އޭނާ ހަނުހުރުމުންވެސް މި ވާހަކަތަކަށް ނިމުމެއް ނައިކަމަށެވެ.

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.މި މައްސަލަ އާއި ގުޅިގެން ފުލުހުން ޝިލްޕާ އާއިވެސް ސުވާލުކޮށްފައިވާއިރު، އޭނާވަނީ މައްސަލައިގެ ތަހުގީގަށް އޭނާގެ ބަޔާންދީފައެވެ.