English Edition
Dhivehi Edition

ހިންދީ ފިލްމު ‘ދަޅްކަން’ އިން ބެލުންތެރިންގެ ލޯތްބާއި މަގުބޫލުކަން ހޯދި، ޝިލްޕާ ޝެޓީ އެނބުރި އަންނަ ފިލްމު “ނިކައްމާ” ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ސާބިރު ޚާން ޑައިރެކްޓްކޮށް ސޮނީ ޕިކްޗާސް އިންޓަނޭޝަނަލް ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކުރާ މި ފިލްމަކީ އެކްޝަން ކޮމެޑީއެކެވެ.

އަންނަ މަހު 17 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި ޝިލްޕާ އާއި އެކު ފެނިގެންދާނީ އަބީމަންޔޫ ދަސާނީ އެވެ.

ކޮވިޑް19 ގެ ސަބަބުން މި ފިލްމުގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެގެން ދިޔައިރު މިއީ ގިނަ ދުވަސްތަކަކަށް ފަހު ބެލުންތެރިންނަށް ޝިލްޕާގެ ހުނަރު ފެނިގެންދާނެ ފިލްމެއްކަމަށް ގަބޫލުކުރެވެއެވެ.

މި ފިލްމުގައި އަބީމަންޔޫ ފެނިގެންދާނީ ވަރަށް ކަންނެތް ފިރިހެނެއްގެ ރޯލުންނެވެ. އަދި އާދެޔާއި ހިލާފު ބާރުތަކެއް ލިބިފައިވާ އަންހެނެއްގެ ރޯލުން ޝިލްޕާ ފެނިގެންދާއިރު، އަބީމަންޔޫގެ ދިރިއުޅުން ސިލްޕާގެ ސަބަބުން ބަދަލުވެގެންދާ ގޮތް މި ފިލްމުގައި ފެނިގެންދާނެއެވެ،

https://www.youtube.com/watch?v=z41dtcH_NfI