English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

މުމްބާއީ ފުލުހުން ރާޖް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހުގައެވެ. މިކަމާ ގުޅިގެން މުމްބާއީ ޕޮލިސް ކޮމިޝަނުން މީޑިއާތަކަށް ދިން ބަޔާނެއްގައި ބުނީ ރާޖް ހައްޔަކުރީ އޭނާއާ ގުޅޭ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މުމްބާއީގެ ކްރައިމް ބްރާންޗަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް އެނގިފައިވާ ގޮތުގައި ބަރަހަނާ ފިލްމު ހަދައި، މޮބައިލް އެޕެއްގައި ދައުރުކުރުމުގެ ފަހަތުގައި އިސްކޮށް ހުރީ ރާޖްއެވެ،

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރާޖް ކަފާލާތުގެ ދަށުން ދޫކޮށްލީ 50،000 ރުޕީސް އަށެވެ.

މި މައްސަލަ ފެންމަތިވުމާއި ގުޅިގެން ޝޫޓިންތައް ކެންސަލްކޮށް ގޭގައި މަޑުކުރި ޝިލްޕާ ފަހުން ވަނީ ރާޖްގެ ދިފާއުގައި ވާހަކަދައްކާފައެވެ، މި ގޮތުން ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ޝިލްޕާ ބުނީ ފިރިމީހާ ރާޖް މައްސަލައެއްގައި ތާށިވުމަކީ އެ ދެމީހުންގެ މެދުގައި މައްސަލަތައް ޖެހެންވީ ސަބަބެއް ނޫންކަަމަށެވެ. އަދި އޭނާ އާއި ރާޖް ވަކިވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރާޖް ދެކެ ވަރަށް ލޯބިވާކަމަށެވެ. ރާޖްގެ މައްސަލަ އާއި ގުޅިގެން ދައްކަމުންދާ ވާހަކަތަކަށް ވަރަށް ގިނަ ދުވަހު ޖަވާބު ނުދީ ހުރެވިއްޖެކަން ފާހަގަކުރަމުން ޝިލްޕާ ބުނީ އޭނާ ހަނުހުރުމުންވެސް މި ވާހަކަތަކަށް ނިމުމެއް ނައިކަމަށެވެ.