English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ގެ ފުލުހުން ބަލާ ފާސްކޮށްފިއެވެ.

ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް އާއި ދެމީހުން، ޖުހޫގައި ދިރިއުޅެމުންދާ އެމީހުންގެ އެޕާޓްމެންޓަށް އިއްޔެ ފުލުހުން ވަދެފައިވާއިރު، އެމީހުން ދިރިއުޅޭ އެޕާޓްމެންޓުން ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ބަރަހަނާ ފިލްމުތަކެއް ހަދައި އެ އެއްޗެހި މޮބައިލް ޕްލެޓްފޯމެއްގައި ދައުރުކުރަމުންދާ ކަމުގެ ތުހުމަތުގައި ރާޖް ހައްޔަރުކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ޝިލްޕާ އާއިވެސް ސުވާލުކޮށްފައިވާއިރު، އޭނާވަނީ މައްސަލައިގެ ތަހުގީގަށް އޭނާގެ ބަޔާންދީފައެވެ.

މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް ރާޖް ދީފައިވާ ބަޔާނުގައި، އޭނާވަނީ މި ފިލްމުތައް ހެދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅެމުންދަނީ ޔޫކޭގައި ދިރިއުޅެމުންދާ އޭނާގެ ޅިޔަނުކަމުގައި ބުނެފައެވެ. އަދި އެމީހުންގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރަނީ ވަޓްސްއެޕް އިން ކަމަށް ރާޖްބުނެފައިވާއިރު ފުލުހުން ބުނީ އަދި މި ވާހަކަތަކުގެ ތެދު ދޮގު ޔަގީންކުރެވިފައިނުވާކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އެއްވެސް ވާހަކައެއް ދައްކަން ޝިލްޕާ ބޭނުންނުވާއިރު އޭނާގެ ގާތް ފަރާތަކުން ބުނީ މީހުން އެއްވެސް ހަގީގަތެއް ނުބަލާ ޝިލްޕާ އާއި ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށެވެ. އަދި އެ ފަރާތުން ވަނީ މިފަދަ ދަނޑިވަޅެއްގައި ހަގީގަތް ނުބަލާ އެއްވެސް ވާހަކައެއް ނުފެތުރުމަށް އިލްތިމާޒުކޮށްފައެވެ.