English Edition
Dhivehi Edition

ބަރަހަނާ ފިލްމުތަކެއް ހަދަމުންދާ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ ގެ ފުލުހުން ބަލާ ފާސްކޮށްފައިވާއިރު، އެ ދުވަހު ޝިލްޕާގެ ފިރިމީހާވެސް ވަނީ ފުލުހުންނާއެކު ގެއަށް ގެންގޮސްފައެވެ،

ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް އާއި ދެމީހުން، ޖުހޫގައި ދިރިއުޅެމުންދާ އެމީހުންގެ އެޕާޓްމެންޓް، ރާޖްގެ ހާޒިރުގައި ފުލުހުން ބަލައި ފާސްކޮށްފައިވާއިރު މިއީ މި މަހުގެ 19 ވަނަ ދުވަހު އޭނާ ހައްޔަރުކުރި ފަހުން ގެއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ބޭރުގެ މީޑިއާތައް ބުނާ ގޮތުން ޝިލްޕާ ޝެޓީގެ ފިރިމީހާ، ރާޖް ގެއަށް ގެންދިއުމުން ޝިލްޕާވަނީ އޭނާ އާއި ދިމާލަށް ވަރަށް ބޮޑަށް ހަޅޭއްލަވާ ސުވާލުކޮށްފައެވެ. މި ގޮތުން ޝިލްޕާވަނީ ރާޖް އެފަދަ ކަމެއް ކުރަންޖެހުނީ ކީއްވެތޯ ސުވާލުކޮށްފައެވެ.” އަހަރެމެންގެ އަތުގައި ހުރިހާ އެއްޗެއް އެބަހުރި. ދެން ކީއްވެ މިފަދަ ކަމެއް ކުރީ؟” ޝިލްޕާ އޭނާގެ ފިރިމީހާ ކައިރިން މި ސުވާލުކުރި ނަމަވެސް ރާޖް ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ޝިލްޕާ އާއި ވެސް ފުލުހުންވަނީ ދެ ފަހަރެއްގެ މަތިން ސުވާލުކޮށްފައެވެ. އަދި އޭނާ އާއި ފިރިމީހާގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ލިޔެ ކިޔުންތައްވެސް ފުލުހުން ޗެކްކޮށްފައިވާއިރު، ބަރަހަނާ ފިލްމު އުފެއްދުމުގައި ޝިލްޕާގެ އެއްވެސް ބައިވެރިވުމެއް އޮތްކަމުގެ ހެއްކެއް ލިބިފައެއް ނުވެއެވެ.